Tuesday, 27 October 2026
އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް -- ފޮޓޯ: ޕީސީބީ

އެމްޕީއެލްގެ ސީއީއޯ އަދި އެމްޑީގެ މަޤާމަށް، ޙުސެއިން ޝަފީޤް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފިއެވެ.

މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް – އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، އަލްފާޟިލް ޙުސެއިން ޝަފީޤް ވަނީ މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ.

ކަނޑުދަތުރުފަތުރު މެނޭޖުކޮށްް ބެލެހެއްޓުމުގެ ދާއިރާއިން 35 އަހަރުގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ޝަފީޤްއަކީ މާސްޓާ މެރިނާއެކެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ މަހަޖައްރާފުގެ ފުރަތަމަ ދިވެހި ކެޕްޓަނެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ކަނޑު އުޅަނދުފަހަރާއި ފުލީޓުތަކުގެ އިސް ކެޕްޓަނުގެ މަގާމު އަދާކުރައްވައި އެ ދާއިރާގެ ފުރިހަމަ ތަޖުރިބާ ހާސިލުކުރައްވާފައިވެއެވެ.

ޙުސެއިން ޝަފީޤަކީ މި ދައުރުގައި އެމްޕީއެލަށް އައްޔަންކުރާ ތިންވަނަ ވެރިޔާއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *