ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 06:00 ގައި ކަޅުތުއްކަލާކޮށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ ވަޒީރު ވަނީ މިއަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "އަސްކަރީ އަޚުލާޤު – ސިފައިންގެ ކުރިއެރުން" މި ޝިއާރު ވަނީ އިފްތިތާހުކޮށްފައެވެ.
މި އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ޤާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


