Tuesday, 28 July 2026
ގައުމީ ޔުނިވާސިޓީގެ، ދަނާލު -- ފޮޓޯ: ޕީއެސްއެމް

ގައުމީ ޔުނިވާސިޓީގެ ދަނާލުގައި އަންހެން ކުއްޖަކު މަރުވި މައްސަލައެއް ބަލަނީ

ގައުމީ ޔުނިވާސިޓީގެ، ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި މަރުވެފައިވަނީ 18 އަހަރުގެ ކުއްޖެކެވެ. ނަމަވެސް އެ ކުއްޖާ މަރުވާން މެދުވެރިވި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މަރުވި ވަގުތުވެސް ފުލުހުން ހާމަކޮށްފަިއ ނުވިނަމަވެސް، ރޭ ދަންވަރު 2:30 ހާއިރު ދަނާލު ހުންނަ ސަރަހައްދުގައި ފުލުހުންނާއި، ސިފައިން ވެސް ހަރަކާތްތެރިވެފައިވަކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ގައުމީ ޔުނިވާސިޓީގެ ދަނާލަކީ ޔުނިވަސީޓައި އެކި ކޯސްތައް ހަދަމުން އަންނަ ކުދިން އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރަމުންދާ އިމާރާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *