Tuesday, 28 July 2026
ޖިންސީ ގޯނާކުރިކަން ސާބިތުވި މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް -- ފޮޓޯ: ފުލުހުން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކަށް 16 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، 47 އަހަރުގެ މީހަކު 16 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގައެވެ.

މި މައްސަލައިގައި 16 އަހަރަށް ޖަލަށްލާން ހުކުމްކުރީ އުމުރުން 47 އަހަރުގެ، މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލްއެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ނެވެ.

ފުލުހުން ބުނީ، އަނިލް 16 އަހަރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް، އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާއާ ގުޅިގެން ބަންދުގައި ހޭދަކުރި ހަތަރު މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި ހަތް މަހާއި 11 ދުވަސް ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *