Tuesday, 28 July 2026
ވޯޓު ފޮށިތައް ގުނަނީ---ފޮޓޯ:މޯލްޑިވްސް އިންޑިޕެންޑެންޓް

ބައި-އިލެކްޝަންގެ ދެވަނަ ބުރު: ޑަބްލިއުޑިސީ ޕީއެންސީއަށް، ކައުންސިލްތަކުގެ ގޮނޑިތައް އެމްޑީޕީ އަދި އަމިއްލަ ކެންޑިޑޭޓަށް

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ވޯޓު އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުން ސަރުކާރު ހިންގާ ޕީއެންސީން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

ވަގުތީ ނަތީޖާތައް ދައްކާގޮތުން، ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ހައްވާ ފަޒުނާ ވަނީ ކާމިޔާބުކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމެވެ. މީގެ އިތުރުން ހދ. ނޭކުރެންދޫ އަންހެނުންގެ ކޮމިޓީގެ ގޮނޑި ޕީއެންސީގެ ފާތިމަތު ރިއުޒާ ކާމިޔާބުކުރެއްވިއިރު، ލ. މާވަށު އަންހެނުންގެ ކޮމިޓީގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ޝާފިޔާ އެވެ.

ކައުންސިލް ގޮނޑިތަކަށް ބަލާއިރު، ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑި ކާމިޔާބުކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ޝީޒާ އިބްރާހިމް އެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައެވެ. އަދި ބ. ދޮންފަނު ކައުންސިލުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާމިނަތު ރަފާހް އެވެ.

ދެވަނަ ބުރުގެ ނަތީޖާއިން ފާހަގަވި އެއް ކަމަކީ ފުވައްމުލަކު ދަޑިމަގު އަވަށުގެ މިހާރުގެ ވެސް ކައުންސިލަރު ޢާއިޝަތު ޢަބްދުލްޤާދިރު އާއި  ބ. ދޮންފަނު ކައުންސިލުގެ މިހާރުގެ ވެސް އަންހެން ކައުންސިލަރު ޢާއިޝަތު މުނާގެ ގޮނޑި ގެއްލުމެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *