Tuesday, 28 July 2026
ރަސްދޫއިން ރައީސަށް މަރުހަބާ ދެންނެވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. ރަސްދުއަށް ވަޑައިގަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް މިއަދު ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރަސްދޫއާއި އެ ދާއިރާއިން ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ރަސްދޫގައި ބާއްވާ ޚާއްޞަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތަކުގައި ރަސްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާނެކަމަށް ބެލެވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންތިޚާބުތަކުގައި ސަރުކާރަށް ރައްޔިތުން ދެއްވާ ތާއީދަށް ޝުކުރު އަދާކުރެއްވުމަށާއި، ރަށްރަށުގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *