Tuesday, 28 July 2026
އޯކިޑުމަގުގައި ހިނގި އަލިފާނުގެ ހާދިސާ

މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭގެ އޯކިޑް މަގުގައި ހުންނަ ގެއެއްގެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އަލިފާން ރޯވެފައިވަނީ އޯކިޑް މަގުގައި ހުންނަ މ. މައިމަގުމަތީ ގޭގެ ސަރަހައްދުގައެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ، "އެތަނުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި" ކަމަށެވެ. ސިފައިންގެ ހުށިޔާރުކަމާއެކު ކުރި މަސައްކަތުން އަލިފާންގަނޑު އިތުރަށް ފެތުރިގެން ނުގޮސް ވަނީ ހުއްޓުވާފައެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އަލިފާން ރޯވެފައި ވަނީ އެ ގޭގެ ކައިރީގައި ހުސްކޮށް އޮތް ބިމެއްގައި ހުރި ކުނިތަކެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *