Tuesday, 28 July 2026
އަށް އަހަރުގެ ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ކުޑަ އަންހެން ކުއްޖެއް ގަހެއްގައި ބަނދެފައި ބެހެއްޓި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ އުތުރުގެ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ބެހެއްޓި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި، ކަރާމާތަށް އުނިކަން އަންނާނެ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ތަހުގީގުގައި ފުރިހަމަކުރަންޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ ކުއްޖާގެ ދެ އަތް ބަނދެ ގަހެއްގައި ވާގަނޑަކުން އައްސާފައި ހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *