Wednesday, 29 July 2026
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތުގެ ތެރެއިން: -- ފޮޓޯ: މިހާރު

2.4 ކިލޯގެ މަސްތުވާތަކެއްޗާއެކު ބިދޭސީ ދެމަފިރިއަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ އިމްރާން ޕާޝާ އާއި އޭނާގެ އަނބިމީހާ އުމުރުން 27 އަހަރުގެ ކްރިސް އެމްބްރޯސިޔާ އެވެ. މި ދެމަފިރިންގެ މައްޗަށް ފުލުހުން ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، އޭގެ ވިޔަފާރިކޮށް ޓްރެފިކް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މީހުން ރާއްޖެ އައިއިރު ގެނައި ލަގެޖު ބަލައި ފާސްކުރިއިރު 2.4 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. މި މައްސަލައިގެ ތަހުގީގަށް މި ދެމަފިރިން 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *