Tuesday, 28 July 2026
ކަސްޓަމްސްއިން އަތުލައިގަތް ބައެއް މަސްތުވާތަކެތި -- ފޮޓޯ: ޖަވިޔަނި

އަހަރުގެ މިހާތަނަށް 86 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެއް ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ކަސްޓަމސް އިން ބުނިގޮތުގައި މިހާރު އެންމެ އިސްކަމެއް ދެނީ އެންފޯސްމަންޓްގެ މަސައްކަތްތަކަށް ކަމަށެވެ. މިގޮތުން ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް އެތެރެވާ ތަކެތި ޗެކްކުރުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ޔޫއެންއޯޑީސީގެ އެހީގައި މަސްތުވާތަކެތި ޓެސްޓްކުރާ ކިޓްތައް ވެސް މިހާރު ވަނީ ބަނދަރުތަކަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 20 ޑްރަގް އެންޑް ޕްރިކާސާ ކިޓާއި 60 ޕޮކެޓް ކިޓް ހިމެނެއެވެ.

މަސްތުވާތަކެތީގެ އިތުރުން، ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އެތެރެކުރި 7,000 ވޭޕް ސްޓިކް އަދި 2 މިލިއަން ސިނގިރޭޓު ވެސް ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. މިއީ ބޭރުގައި ތިބެގެން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތައް ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހޯދިފައިވާ ކާމިޔާބީއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *