Tuesday, 28 July 2026

މަޖިލީހުގެ މިހާރުގެ އަދި ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

ބޭފުޅުންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، އެ ބޭފުޅުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން މިއަދު އިޢުލާނުކޮށްފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ. މި ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަންވެރިން އެ ޕޯޓަލްގައި ރަޖިސްޓަރީވެ، ބީލަމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށް އެ ވުޒާރާގެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މާލީ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 60,500 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހުގެ މުއްދަތެކެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޭޕްރީލު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށެވެ. މި ބައްދަލުވުމުގައި ބީލަމާ ގުޅޭ އިތުރު ތަފްޞީލުތައް ހިއްސާކުރެވޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *