ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށްފައިވާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މެޓްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ދިއްފުއްޓަށް 26.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަން ވަނީ ރެކޯޑް ކުރެވިފައެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުލެއަށެވެ. އެއީ 22.5 މިލިމީޓަރުގެ ވާރޭއެވެ.
މީގެ އިތުރުން ރ. އަލިފުއްޓަށް 19.2 މިލިމީޓަރު، އއ. ތޮއްޑޫއަށް 11.4 މިލިމީޓަރު އަދި ކ. ގާފަރަށް 7.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެދު ރާއްޖެތެރޭގެ އިތުރުން ދެކުނުގެ ބައެއް ރަށްތަކަށް ވެސް ވަނީ ކޮންމެސް ވަރަކަށް ވާރޭވެހިފައެވެ. އެގޮތުން މ. މުއްޔަށް 4.2 މިލިމީޓަރު އަދި ގދ. ފަރެސްމާތޮޑާއަށް 2.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އެންމެ މަދުން ވާރޭވެހިފައިވަނީ ބ. ގޮއިދޫ އާއި ފ. ނިލަންދުއަށެވެ. އެއީ 0.2 މިލިމީޓަރުގެ ވާރޭއެވެ.ވެ.


