Tuesday, 28 July 2026
ޕޮލިސް ހެޑްކްއާޓާސް---ފޮޓޯ:ރާއްޖެ24

ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މި ހާދިސާގައި މަރުވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދެވެ. އޭނާ ވެއްޓިފައި އޮއްވާ ފެނިގެން ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި މަރުގެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ފުލުހުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *