ހދ. ކުޅުދުއްފުށި ސިޓީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ އެ ރަށު ބަޑިފަސްގަނޑުގެ، އުމުރުން 59 އަހަރުގެ ސުލައިމާން ޙުސައިން އެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ސުލައިމާން ޙުސައިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު މެންދުރުފަހު 15:00 އެހައިކަންހާއިރު އެވެ. އޭނާ ފެނިފައިވަނީ ކުޅުދުއްފުށީ ބޮޑަވަކިވާ ބީޗް ސަރަހައްދުގެ މޫދު އަޑިންނެވެ.
އޭނާ ފެނުމާއެކު ވަގުތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، އޭނާ ނިޔާވެފައިވާކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ފުލުހުން މިހާރު ގެންދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.


