Tuesday, 28 July 2026
ފޮޓޯ: ޕީއެސްއެމް

ހައްޖަށް ދާ މީހުން ވެކްސިން ފުރިހަމަކުރުމަށް އިލްތިމާސްކޮށްފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުންގެ ތެރެއިން މިހާތަނަށް ވެކްސިން ފުރިހަމަ ނުކުރާ މީހުން ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަ ކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ، ވެކްސިން ޖެހުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިކަމަށެވެ. އެހެން ނަމަވެސް އަދިވެސް 60 އެއްހާ މީހުން ވެކްސިން ފުރިހަމަ ނުކުރާ ކަން އޭނާ ފާހަގަކުރިއެވެ.

އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ޙައްޖާއި ޢުމްރާއަށް ދިޔުމުގެ ފުރުސަތު ސައުދީ ސަރުކާރުން މިހާރު ނުދޭކަން ޝަކީލް ފާހަގަކުރެއްވިއެވެ.

އްޖަށް ދާ މީހުން ކޮންމެހެން ޖަހަންޖެހޭ ވެކްސިންތަކަކީ މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިނެވެ.

މިއަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ. ޖުމްލަ ހަތަރު ފްލައިޓެއްގައި ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވާއިރު، ކަންކަން އިންތިޒާމު ކުރުމަށްޓަކައި އެޑްވާންސް ޓީމު އަންނަ މަހުގެ ހަތަރުވަނަ ދުވަހު މައްކާއަށް ފުރާނެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *