ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން، ވަޒީރުންގެ މަޖިލީހުގެ 10 މެންބަރަކު މިއަދު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި 10 ވަޒީރުން ހުށަހެޅުއްވި އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދު ޤަބޫލުފުޅު ކުރައްވާފައެވެ. އަދި މި ބޭފުޅުން މަޤާމުގައި ތިއްބަވައިގެން ވޭތުވެދިޔަ މުއްދަތުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
މިއަދު އިސްތިޢުފާ ދެއްވި ވަޒީރުންނަކީ:
- މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
- ޑޮކްޓަރ ޢަބްދުﷲ ޚަލީލް – މިނިސްޓަރ އޮފް ފޮރިން އެފެއާޒް
- ޢަބްދުﷲ ނާޡިމް އިބްރާހީމް – މިނިސްޓަރ އޮފް ހެލްތް
- ޠާރިޤު އިބްރާހީމް – މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
- ޑޮކްޓަރ ޢާއިޝަތު ޝިހާމް – މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
- އާދަމް ނަޞީރު އިބްރާހީމް – މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް
- ޑޮކްޓަރ މަރްޔަމް މާރިޔާ – މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
- އިބްރާހީމް ވަޙީދު – މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
- އާދަމް ޝަރީފު ޢުމަރު – މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
- ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު – މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ހުސްވި މަޤާމުތަކަށް އައު ބޭފުޅުން ޢައްޔަންކުރެއްވުމާ ގުޅޭގޮތުން ސަރުކާރުން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.


