ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މީގެ އިތުރުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވެސް މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ބަދަލުތަކުގެ އިތުރުން، ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަގާމުން ވަކިކޮށްފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ސަރުކާރުގެ ކެބިނެޓަށް މި ބޮޑެތި ބަދަލުތައް އަންނަން ފަށާފައި މިވަނީ ސިޔާސީ ގޮތުން މުހިންމު ކަންތައްތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.
އިންތިޚާބުތަކަށް ފަހު ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ވެސް މި މަހުގެ ހަ ވަނަ ދުވަހު ވަނީ މަގާމުން ވަކިކޮށްފައެވެ.


