Tuesday, 28 July 2026
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް -- ފޮޓޯ: މަޖިލިސް

ރިޔާސީ ބަޔާނުން ހާސިލްކުރަންޖެހޭ އެއްވެސް މަގުސަދެއް ހާސިލެއް ނުވޭ: ނާޒިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީގެ ފަރާތުން މިއަދު ޖަވާބު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ބަޔާނަށް ޖަވާބު ދެއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ. ނާޒިލްގެ ޖަވާބުގައި ރައީސްގެ ބަޔާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ބަޔާނުން ހާސިލްކުރަންޖެހޭ އެއްވެސް މަގުސަދެއް ހާސިލްވެފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ގައުމުގެ މިހާރުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ފާހަގަކުރައްވާފައެއް ނުވޭ،" ނާޒިލް ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ސަރުކާރު ހިންގާ ޕާޓީ ފިޔަވައި މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިބޭ ޕާޓީއަކުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާނަށް ޖަވާބު ދޭންޖެހެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން ރައީސް މުޢިއްޒު އިއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ދީނީ، ގައުމީ އަދި އިގްތިސާދީ ދާއިރާއިން ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކާއި، ދަރަނި ދެއްކުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން، ސަލާމަތީ ދާއިރާ ހަރުދަނާ ކުރުމާއި، ބޯހިޔާވަހިކަން އަދި ސިއްހީ ދާއިރާއިން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށްވެސް ރައީސްގެ ބަޔާނުގައި އަލިއަޅުއްވާލައްވާފައިވެއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މި ބަޔާނުގައި ގައުމުގެ އަސްލު ހާލަތު ބަޔާންކޮށްދީފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *