Tuesday, 28 July 2026
ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ: ހައުސިން މިނިސްޓްރީ

ހުޅުމާލެ ފޭސް-3 އިން ގޯތި ލިބުނު 125 މީހަކަށް ބިން ހަވާލުކޮށްފި

"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން 125 މީހަކަށް މިހާތަނަށް ބިން ހަވާލުކޮށްފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މިއަދު އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 125 ފަރާތަކަށް ބިން ހަވާލުކޮށްފައިވާއިރު، ގޯތީގެ އެއްބަސްވުމުގައި މިހާތަނަށް ޖުމްލަ 451 ފަރާތަކާއެކު ވަނީ ސޮއިކޮށްފައެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ފޭސް 3 އިން ދޫކުރާ ގޯތިތަކުގެ ތެރޭގައި ހިމެނެނީ:

  • 1,650 އަކަފޫޓުގެ 181 ގޯތި
  • 2,050 އަކަފޫޓުގެ 242 ގޯތި
  • 2,450 އަކަފޫޓުގެ 132 ގޯތި
  • 2,850 އަކަފޫޓުގެ 62 ގޯތި
  • 3,250 އަކަފޫޓުގެ 41 ގޯތި
  • 3,650 އަކަފޫޓުގެ 16 ގޯތި
  • 4,000 އަކަފޫޓުގެ 24 ގޯތި

ކުރީގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކުރަން ނިންމިއިރު، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު ބައެއް އޮތީ ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުގައި މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ވަނީ އެ ސަރަހައްދުން 63 ހެކްޓަރުގެ ބިން ހިއްކައި ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *