Tuesday, 28 July 2026
ހުސެއިން ފަހުމީ -- ފޮޓޯ: ރައީސް އޮފީސް

އެމްޑަބްލިއުއެސްސީގެ އެމްޑީ ކަމަށް ހުސައިން ފަހުމީ

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސައިން ފަހުމީ މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ފަހުމީ އެ ކުންފުނީގެ ބޯޑު މެންބަރު ކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވިކަން ކަށަވަރުކޮށްދީފައެވެ.

ހުސައިން ފަހުމީ މި މަގާމަށް އައްޔަންކުރައްވާފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްމަތީން މުހައްމަދު މީގެ ދެ ދުވަސް ކުރިން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަހުމީ އަކީ މީގެ ކުރިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *