Tuesday, 28 July 2026
ވޯޓަރ ޕާކް ތެރޭގައި ރޯވި އަލިފާން ނިއްވާލާފައި -- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލޭ ވޯޓަރ ޕާކް ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގެ ފޭސް 1 ގައި ހަދަން ފަށާފައި ހުރި ވޯޓަރ ޕާކް ތެރޭގައި ހުރި ގަސްތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި އަލިފާން ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން މިހާރު ވަނީ ނިއްވާލާފައެވެ.

އެމްއެންޑީއެފުން ހާމަކުރިގޮތުގައި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:34 ހާއިރުއެވެ. އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އެ ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 07:39 ހާއިރުކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަަމަށްވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *