Tuesday, 28 July 2026
ދުނިޔޭގެ ޞިއްޙަތު ދުވަހާއި ގުޅިގެން އިސްރަށްވެހިންނަށް ޙާއްސަ މަޢުލޫމާތު ސެޝަނެއް---ފޮޓޯ:އާއިލީތަރައްގީއާބެހޭ ވުޒާރާ

ދުނިޔޭގެ ޞިއްޙަތު ދުވަހާ ގުޅިގެން އިސްރަށްވެހިންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި އިސްރަށްވެހިންގެ ނާދީއާއި، ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން އަދި ހުޅުމާލެ ހޮސްޕިޓަލް ގުޅިގެން އިސްރަށްވެހިންނަށް ޚާއްޞަ މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންގައި މާލެ އަދި ހުޅުމާލެ ނާދީގެ ޖުމްލަ 76 އިސްރަށްވެހިން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އާންމު ސާފުތާހިރުކަމާއި، މި ދުވަސްވަރު ތަހައްމަލު ކުރަންޖެހޭ ހޫނުން ރައްކާތެރިވުމުގެ އިތުރުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ މައްޗަށެވެ.

އިސްރަށްވެހިންގެ ނާދީން މަޢުލޫމާތު ދޭ ގޮތުގައި، އެ ނާދީގައި ހިންގާ މިފަދަ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ވަނީ ހުޅުވާލާފައެވެ.

މިފަދަ ޕްރޮގްރާމުތަކާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މާލެ ނާދީގެ ނަންބަރު 3027586 ނުވަތަ ހުޅުމާލެ ނާދީގެ ނަންބަރު 3027587 އަށް ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން އެދިލައްވައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *