Wednesday, 29 July 2026
އައިޖީއެމްއެޗް----ފޮޓޯ:ރާއްޖެ24

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި އުމުރުން 23 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވަނީ ށ. މިލަންދޫއަށް ނިސްބަތްވާ ނަބްހާން ނަމަކަށް ކިޔާ ޒުވާނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަބްހާނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ށ. މިލަންދޫ ސިއްހީ މަރުކަޒުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވަމުން ދިއުމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ޑެންގީ ހުން ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހުގެ ކުރީކޮޅު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް 535 މީހަކަށް ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ.

މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭހެވެ. ޑެންގީ ކޭސްތައް އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ އިދާރާތަކުން އިލްތިމާސްކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *