Tuesday, 28 July 2026
ވަޒީރު ޚަލީލު އާއި މިސްޓަރ ލީ----ފޮޓޯ: ފޮރިންގ މިނިސްޓްރީ/ވިއެޓްނާމް

ވިއެޓްނާމްގެ އައު ޚާރިޖީ ވަޒީރަށް ޑރ ޚަލީލް ތަހުނިޔާ ފޮނުއްވައިފި

ވިއެޓްނާމްގެ ޚާރިޖީ ވަޒީރުގެ މަގާމަށް އަލަށް އައްޔަންކުރެއްވި ހިޒް އެކްސެލެންސީ މިސްޓަރ ލީ ހުއާއި ޓްރަންގަށް، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ފޮނުއްވި މެސެޖުގައި، ވިއެޓްނާމްގެ އާ ޚާރިޖީ ވަޒީރަށް މަރުހަބާ ވިދާޅުވެ، ދިވެހިރާއްޖެ އާއި ވިއެޓްނާމާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުން، މިސްޓަރ ލީ ހުއާއި ޓްރަންގްގެ ދައުރުގައި އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް މި މެސެޖުގައި ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއާއި ވިއެޓްނާމަކީ ބައިނަލްއަގުވާމީ މައިދާނުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރާ ދެ ގައުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *