Tuesday, 28 July 2026
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް

އެމްޑީޕީ ހިންގަން ދެ ރައީސުން ހިމެނޭ ގޮތަށް ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ހިންގުމަށް ޓަކައި ލަފާދޭ ހާއްސަ އިންޓަރިމް ކޮމެޓީއެއް އެކުލަވާލައި، އެ ކޮމެޓީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ހިމެނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ބޭއްވި ޖަލްސާ އަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) ތާއީދުކުރެއްވި ގަރާރާ އެކު ފާސްކުރި ކޮމިޓީގައި ތިއްބަވަނީ:

  1. ކުރީގެ ރައީސް މުހައްމަދު ނަޝީދު
  2. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
  3. ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)
  4. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
  5. ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް
  6. ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ ބައްދަލުވުމުގައި އެ ގަރާރު ފާސްކޮށް، ހިޔާލު ތަފާތުވުންތަކެއް ނެތި ޖަލްސާ ނިންމާލާފައިވާ ކަމަށް ގައުމީ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *