Tuesday, 28 July 2026
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާއާ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --

ރައީސް އަންނަ މަހު ސްރީލަންކާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ މަހުގެ ތެރޭގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް، ދަތުރުފުޅުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން، ދެ ގައުމުގެ ދެމެދުގައި މިހާރު ވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

މި ދަތުރުފުޅުގެ ތައްޔާރީތަކުގެ ތެރެއިން، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ އެ ގައުމުގެ މަސްވެރިކަމާ ބެހޭ ވަޒީރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ހާއްސަގޮތެއްގައި މަސްވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *