Tuesday, 28 July 2026
ތިލަފުށީގައި ހުންނަ ވެމްކޯ ސައިޓުަގއި ރޭ އަލިފާން ރޯވުން. -- ފޮޓޯ : އެމްއެންޑީއެފް

ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުށީގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓެއްގައި ރޭ ފަތިހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ތިލަފުށީ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ ފަތިހު 03:43 ހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި، ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔަރ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފައިޓަރުން މެދުކެނޑުމެއްނެތި ކުރި މަސައްކަތުން، ވެމްކޯ ސައިޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހެނދުނު 08:19 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *