Wednesday, 29 July 2026
މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ ޑިޒައިނެއް -- ފޮޓޯ: ޕީއެސްއެމް

މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހު ފަށަނީ

މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާންގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަން އާއެވެ.

މާލޭގެ ބޭރުތޮށި މަރާމާތުކުރަން ސަރުކާރުން ނިންމެވީ ޒަމާންތަކެއްވެފައިވާ މިތޮށިގަނޑަށް އެކިވަރުގެ ގެއްލުންތައްވެފައިވާތީއެވެ. މިހާރު ބޭނުން ކުރެވެމުންދާ ބޭރު ތޮއްޓަކީ 1988 އިން ފެށިގެން 2002 އާ ހަމައަށް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ބިނާކޮށްފައިވާ ތޮށިގަނޑެކެވެ. އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް އިންޖިނިއަރ އަޙްމަދު އައިމަން ޝަރީފް ވިދާޅުވީ، ގިނަ ދުވަސްވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން ތޮށިގަނޑުގެ ބޮޑު ހިލަތަކާއި ޓެޓްރަޕޮޑްތައް ކަހާލައި، ކޮންކްރީޓް ފާރަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ.

މަޝްރޫޢުގެ ދަށުން ކުރެވޭނެ މުހިންމު މަސައްކަތްތައް

މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގެ ތޮށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރާޅުގަނޑު ސަރަޙައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން.
  • ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދުގެ ތޮށިގަނޑު މިހާރު ހުރި އުސްމިނަށްވުރެ 70 ސެންޓިމީޓަރު އުސްކުރުން.
  • ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައިވާ ތޮށިގަނޑު މަރާމާތުކޮށް ރީ-ޕްރޮފައިލް ކުރުން.
  • މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް މަރުކަޒީކޮށް މޮނިޓަރ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުން.

އައިމަން ވިދާޅުވީ ބޭރުތޮށި ބޭނުންވަނީ ސުނާމީއާއި އުދައެރުމާއި މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް. މޫސުމީ ބަދަލުތަކާއެކު އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ މި ތޮށި މަރާމާތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި މަސައްކަތާއެކު މާލޭގެ އިރުމަތީ ފަރާތުން އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މާލޭގެ މަލަމައްޗަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވުޒާރާއިން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *