Tuesday, 28 July 2026
16 ގައުމަކާ އެކު ރާއްޖޭގައި ކުރިއަށްގެންދިޔަ އިންޑިއާ ކަނޑުގެ ތަމްރީނު ހަރަކާތުގެ ބައިވެރިވެރިން: ފޮޓޯ: އެމްއެންޑީއެފް

އިންޑިއާ ހިމެނޭހެން 16 ގައުމެއްގެ ބައިވެރިންނާއެކު ކުރިއަށް ގެންދިޔަ ތަމްރީނު ހަރަކާތް ނިމިއްޖެ

އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ގުޅުން ބަދަހިކުރުމަށް އިންޑިއާ ނޭވީން އިސްނަގައިގެން ކުރިއަށްގެންދާ "އިންޑިއަން އޯޝަން ޝިޕް" (އައިއޯއެސް) އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ "ސާގަރު 2026″ ގެ ބައިވެރިން ރާއްޖެއަށް ކުރި ޒިޔާރަތް ނިންމާލުމަށްފަހު އިއްޔެ ފުރައިފިއެވެ.

އިންޑިއާ ހިމެނޭހެން ޖުމްލަ 16 ގައުމެއްގެ ބައިވެރިންނާއެކު ކުރިއަށްގެންދާ މި ތަމްރީން ހަރަކާތުގެ ބައިވެރިން ރާއްޖެއަށް އައިސްފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. މި ޒިޔާރަތަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެރިޓައިމް ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭޕްރީލް 6 އިން މިއަދުގެ ނިޔަލަށް ކުރި މި ޒިޔާރަތުގައި ތަޖުރިބާތައް ބަދަލުކުރުމާއި، ކަނޑުމަތީގައި ކުރިމަތިވާ މެރިޓައިމް ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ތަފާތު ތަމްރީނުތައް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. މި ތަމްރީންތަކުގެ ސަބަބުން ބައިވެރިވާ ގައުމުތަކުގެ މެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ޕްރޮގްރާމްގައި އިންޑިއާގެ އިތުރުން ޔޫއޭއީ، އިންޑޮނޭޝިއާ، މެލޭޝިއާ، މިޔަންމާ، ސިންގަޕޫރް، ތައިލެންޑް، ރާއްޖެ، ސީޝެލްސް، ކެންޔާ، މޮރިޝަސް، މޮޒަމްބީކް، ސައުތް އެފްރިކާ، ތަންޒޭނިއާ އަދި ބަންގްލަދޭޝް އިން ބައިވެރިވެއެވެ.

މި ދަތުރުގެ ތެރެއިން ބައިވެރިންނާއި އެމްއެންޑީއެފްގެ ސިފައިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ ކުޅެފައެވެ. އަދި މި ޒިޔާރަތާ ގުޅިގެން ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ސަލީމް ވަނީ އައިއޯއެސް ސާގަރުގެ ކަލާސީނުންނަށް ކަޅުތުއްކަލާ ކޮށީގައި ހާއްސަ ފަރީއްކޮޅެއް ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *