Wednesday, 29 July 2026
އައިޖީއެމްއެޗް---ފޮޓޯ: ސަން

ގެއެއްގެ 10 ވަަނަ ފަންގިފިލާއިން ވެއްޓިގެން ފަރުވާދެނީ ބިދޭސީ އަކަށް

މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން މީހަކު ވެއްޓި، އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މާފަންނު ސަބުދެލިމަގުގައި ހުންނަ އިމާރާތެއްގައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ. އެމީހާ ވެއްޓިފައިވަނީ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 18:20 ހާއިރުއެވެ. ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

އަނިޔާވި މީހާއަށް މިހާރު އަންނަނީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެމީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުންނާއި ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *