އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރާނީ އަންނަ މަހު 17 ގައި ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މުޅި ރާއްޖޭގައި އެކަން ކުރިއަށް ދާނީ އެއް ވަގުތެއްގައި ކަމަށެވެ. އާ ކައުންސިލަރުން ހުވާކުރަން ހަމަޖެއްސި ތާރީހަކީ މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ހަމަވާ ދުވަހެވެ.
"17 މޭއި 2021 ގައި ހުވާ ކުރެއްވި ކައުންސިލަރުންގެ ދައުރު ނިމޭނީ މޭއި މަހުގެ 17 ވަނަ ދުވަހު. އެހެންވީމަ އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވާނީ އެ ތާރީހުގަ" އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލްގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.


