ފ. ފީއަލީ ބަނދަރުގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 09:15 އެހާކަންހާއިރުއެވެ. މި ހާދިސާއާ ގުޅިގެން ބޯޓުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށާފައެވެ.
މި ހާދިސާ ހިނގުމާއެކު، އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެ ސަރަހައްދުގައި ފުލުހުންނާއި ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ރަށުގެ ރައްޔިތުންނާއި ކަމާބެހޭ ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން ދިމާވި ސަބަބެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.


