މި މަހުގެ 22 އިން 30 އަށް ޗައިނާގެ ސާންޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ރަސްމީކޮށް ޖާޒީ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަލްފާޟިލް ޢަބްދުުއްރައްޒާޤް އިބްރާހީމެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ބީޗް ހޭންޑްބޯޅަ ޓީމު ވަނީ 10 ދުވަހުގެ ތަމްރީނު ކެމްޕަކަށް ތައިލެންޑަށް ފުރުމަށް ހަމަޖެހިފައެވެ. މި ތަމްރީނު ދަތުރަކީ ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދަތުރެކެވެ.
ތައިލެންޑުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ނިންމުމަށްފަހު، ރާއްޖޭގެ ޓީމު ސީދާ ދަތުރުކުރާނީ މުބާރާތް އޮންނަ ޗައިނާގެ ސާންޔާ އަށެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ބައިނަލްއަގުވާމީ މައިދާނުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަކީ ކުޅިވަރާ ބެހޭ ވުޒާރާގެ ބޮޑު އުންމީދެކެވެ.


