ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓެއް ކަމަށްވާ "އެމްއެސްވީ ޑައުލާ" އިން ކަނޑަށް ވެއްޓުނު އިންޑިއާ ރައްޔިތަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގެ މައުލޫމާތު އެފަރާތަށް ލިބިފައިވަނީ ރޭ 23:35 ހާއިރުއެވެ. އަދި މި މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިންނެވެ.
އެމްއެންޑީއެފުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރިއަށްދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާ އަދިވެސް ފެނިފައެއް ނުވެއެވެ.


