Tuesday, 28 July 2026

ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި ބަލައިގަތް ގައުމުތަކަށް ރާއްޖެއިން މަރުހަބާ ކިޔައިފި

ފަލަސްތީނަކީ ވަކި ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ބަލައިގަތުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންގެ އިއްޒަތާއި އަބުރު އަދި އެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަށް ވެސް ފަލަސްތީނުގެ ހައްގުގައި ތެދުވުމަށް ގޮވާލާފައިވާއިރު، ފަލަސްތީނުގައި ވަކި ދައުލަތެއް ގާއިމްކުރުމަށް އެއްބާރުލުން ދިނުމަށް ވެސް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފައިވެއެވެ.

ފަލަސްތީނުގެ މައްސަލައަކީ ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހޯދަމުންދާ މައްސަލައަކަށް ވެފައިވާއިރު، އިސްރާއީލުން ކުށެއްނެތް ފަލަސްތީނު ރައްޔިތުންނަށް އަނިޔާކޮށް، އެ ރައްޔިތުންގެ ގެދޮރު ހަލާކުކުރަމުންދާކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *