މާލޭގެ މަޝްހޫރު ހޮޓާ، ބާސެލޯ ނަސަންދުރާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދައްކާގޮތުގައި، ހޮޓަލުގެ އެތެރޭގައި އަލިފާން ރޯވެ، ދުން އުފެދިފައިވާ މަންޒަރުތައް ފެންނަން ހުއްޓެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް މިވަގުތާ ހަމައަށް ލިބިފައެއް ނުވެއެވެ. އަދި އަލިފާންގަނޑު ނިއްވާލާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ މި ހޮޓަލަކީ ރާއްޖޭގެ އެންމެ ބޮޑެތި ސިޓީ ހޮޓާތަކުގެ ތެރެއިން ހޮޓަލެކެވެ. ދިގު މުއްދަތަކަށް ބަންދުކުރުމަށްފަހު، ޒަމާނީ ވަސީލަތްތަކާއެކު އަލުން ހުޅުވާލީ މި އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ.
މި ހޮޓެލް ހިނގަނީ ސްޕެއިންގެ ހޮޓެލް ޗެއިން، ބާސެލޯ ގްރޫޕުންނެވެ.


