ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންގްހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވެފައިވަނީ، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އޮތް ތަރައްޤީގެ އެއްބާރުލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާ ކަމެއް ކަމުގައެވެ.
އެސްސީއޯ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުގައި އެކި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާ، ދިވެހިރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
ދިވެހިރާއްޖެއާއި އިންޑިއާއަކީ އެތައް ޒަމާނެއް ވަންދެން ވަރުގަދަ ގުޅުމެއް އޮތް ދެ ގައުމެވެ. އަދި ތަރައްޤީގެ އެކި މަޝްރޫއުތަކުގައި އިންޑިއާއިން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.


