Tuesday, 28 July 2026

އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރައީސް މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވާނެއެވެ.

ޗައިނާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މާދަމާއާއި އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެސްސީއޯ ސަމިޓުގައި 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހިމެނިވަޑައިގަންނަވައެވެ.

ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެއްގެ ހައިސިއްޔަތުން، ރައީސް މުއިއްޒު މި ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ވަކިން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި އިސްތިރާޖީ ސަބަބުތަކާ ހުރެ އިގުތިސާދުތައް ރޫޅިގެންދާ ދިއުމާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ބަޔާނެއް އިއްވެވުމަށްވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *