އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނަށް 14 ގޮނޑީގެ ވޭނެއް ހަދިޔާކޮށްފިއެވެ.
މި ވޭން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް އަޙްމަދު ފަސީޙަށް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރ ޝްރީ ޖީ. ބަލަސުބްރަމަނިއަމްއެވެ.
މި ހަދިޔާއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމުގެ ތެރެއިން އެއް ހަދިޔާއެވެ. މި ވޭނަކީ އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބިގެންދާނެ ވަސީލަތެއް ކަމުގައި ބެލެވެއެވެ.


