Tuesday, 28 July 2026
އެމްޑީޕީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް

މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހެޅި ބިލާމެދު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، މީޑިއާތައް ކޮންޓްރޯލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ސަރުކާރުން އަޑީގައި އޮވެގެން ކުރާ މަސައްކަތެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި، މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، ބްރޯޑްކާސްޓްކުރުން ހުއްޓުވުމުގެ ބާރު ލިބިދޭ ކޮމިޝަނެއް އުފެއްދުމަށް ހުށަހަޅާފައިވެއެވެ. އަދި މި ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެންބަރުން ހިމެނޭނެއެވެ.

މި ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒު ވިދާޅުވީ، މިއީ ރައީސް މުއިއްޒުގެ ސަރުކާރުން މީޑިއާގެ މިނިވަންކަން ގެއްލުވާލުމަށް ކުރާ ސިއްރު މަސައްކަތެއް ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ނޫސްވެރިންނާއި މީޑިއާ ޕްލެޓްފޯމްތަކުގެ މިނިވަންކަން ނިގުޅައިގަނެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރުމަށް ހުށަހެޅި ބިލެއް، ނޫސްވެރިންނާއި ޖަމިއްޔާތަކުގެ އިހުތިޖާޖާ ގުޅިގެން އަނބުރާ ގެންދަން ޖެހުނު ކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *