Thursday, 29 October 2026
އަބްދުއްރަހްމާން އާދަމް

 އަބްދުއްރަހްމާން މަރާލި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

އއ. މާޅޮހުގައި މިދިޔަ މަހުގެ ކުރީކޮޅު އަނިޔާވެރިކޮށް މަރާލި އަބްދުއްރަހްމާން އާދަމްގެ މައްސަލައިގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ދެ މީހަކު މާޅޮހުން ހައްޔަރުކޮށްފައިވާއިރު، އަނެކަކު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ.

އަބްދުއްރަހްމާން މަރުވެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު، އޭނާއަށް ލިބުނު އަނިޔާތަކަށް މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ގޭގައި ނިދާފައި އޮއްވައެވެ. އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ފާހަގަކުރެވެއެވެ.

އިންޑިއާގައި ހެދި އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، އަބްދުއްރަހްމާން މަރުވެފައިވަނީ އޭނާގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންނާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *