ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމުގެ ރައީސާ ދްރައުޕަދީ މުރުމުއާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެކްސްމެދުވެރިކޮށް ފޮނުއްވި މެސެޖެއްގައި ރައީސް މުޢިއްޒު ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ. އަދި އިންޑިއާއަކީ ދިވެހިރާއްޖޭގެ އިތުބާރުހުރި ތަރައްޤީގެ ބައިވެރިއެއްކަން ފާހަގަކުރައްވާފައިވެއެވެ.
އަދި މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ޖަލްސާތަކުން އިންޑިއާގެ ރައްޔިތުންގެ ރޫހާއި ކާމިޔާބީތައް ފެންނާނެކަމުގެ އުއްމީދު ރައީސް ފާޅުކުރައްވާފައިވެއެވެ.
ދެ ގައުމުގެ ދެމެދުގައި އިސް ފެންވަރުގައި ކުރެވޭ މުޢާމަލާތްތަކާއި ރައްޔިތުންގެ ގުޅުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، މިއީ އަހަރުތަކެއް ވަންދެން ދެ ގައުމުގެ ދެމެދުގައި ބިނާކުރެވިފައިވާ ވަރުގަދަ އެއްބާރުލުމުގެ ހެއްކެއްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި އަހަރަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރެވެ.


