Tuesday, 28 July 2026

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށި، ޖިފުޑި، ހަސަން މޫސާ (6) މިއަދު ފަތިހު ގެއިން ނުކުމެވަޑައިގެން ދިޔަފަހުން ގެއްލިގެން ހޯދަމުންދަނިކޮށް، އެ ރަށު ޒޯން ސްޓޭޑިއަމްގެ ފާހާނާއިން މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، ހަސަން މޫސާ ގެއިން ނުކުމެވަޑައިގެން ދިޔައީ މިއަދު ފަތިހު 5:00 އާ ހާއިރުއެވެ. އޭގެފަހުން އެއްވެސް ހަބަރެއް ނުވުމާ ގުޅިގެން މިއަދު ހެނދުނު 10:30 ހާއިރު ވަނީ ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައެވެ.

ހަސަން މޫސާ ފެނުނު އިރު އޮތީ މަރުވެފައި ކަމަށާއި، އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށް ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *