ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގޭގެ ދޮރަށް ރޭ ދަންވަރު ގެއްލުން ދިނުމުގެ މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގެ ރިޕޯޓު އެ ފަރާތަށް ލިބިފައިވަނީ ރޭ މެންދަމު 1:30 ހާއިރުއެވެ. އަދި މި މައްސަލައިގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ.
މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ސްޓާ، މުހައްމަދު ރަޒީން (49 އަހަރު) އެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަޒީނަކީ އެކި ތުހުމަތުތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައިވާ މީހެކެ


