Tuesday, 28 July 2026

ތިން މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފި

ހއ. އަތޮޅުގައި ހުންނަ މަނަފަރު ރިސޯޓުން ކުނި އުފުލައިގެން ކ. ތިލަފުށްޓަށް ދަތުރުކުރަމުންދިޔަ "ގުރުވަ 1″ ނަމަކަށް ކިޔާ ދޯންޏެއް ނ. ކުޑަރަށް ކައިރިން ފަރަށް  އަރައިފިއެވެ.

11:24 ގައި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު، އެ ދޯނީގައި ތިބި އެއް ދިވެއްސަކާއި ދެ ބިދޭސީން އެމްއެންޑީއެފުން ވަނީ ސަލާމަތްކޮށްފައެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ހާދިސާގައި ސަލާމަތްކުރެވުނު ތިން ފަޅުވެރިންގެ ހާލު ވަނީ ރަނގަޅު ކަމަށެވެ.

ސަލާމަތްކުރެވުނު ފަޅުވެރިން މިއަދު ހެނދުނު 8:45 ހާއިރު ވަނީ ނ. ހޮޅުދުއަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގާފައިވަނީ މުޅި ރާއްޖޭގެ މޫސުން އެހާ ރަނގަޅު ނޫން ދުވަސްވަރެއްގައި ކަން ފާހަގަކުރެވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *