Tuesday, 28 July 2026

ބާރުގަދަ ބިންހެލުމަކާއި އެކު އިރުމަތީ ސަރަހައްދަށް ސުނާމީ އަރައި، ޖަޕާން، އެމެރިކާ އަދި ކެނެޑާ އިންޒާރުގެ ހާލަތުގައި

ރަޝިޔާގެ އިރުމަތީ ސަރަހައްދުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ވަރުގަދަ އެއް ބިންހެލުމާއި ގުޅިގެން ރަޝިޔާ އާއި ޖަޕާނަށް ސުނާމީ އަރައި، ގިނަ އަދަދެއްގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ.

ރެކްޓަރ މިންގަނޑުން 8.8 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު އައި މި ބިންހެލުމާއި ގުޅިގެން ރަޝިޔާގެ ކުރިލް ޖަޒީރާތަކުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް 3-4 މީޓަރުގެ ސުނާމީ އެރި އިރު، ޖަޕާނުގެ ހޮކައިޑޯގެ އައްސޭރިފަށުގެ 16 ސަރަހައްދަކުން 40 ސެންޓިމީޓަރުގެ ސުނާމީ ރެކޯޑުކުރެވިފައިވެއެވެ. މީގެ އިތުރުން ކެނެޑާ، އެލާސްކާ، ހަވާއީ އަދި ނިއުޒިލެންޑާ ހަމައަށް ހުރި ސަރަހައްދުތަކަށްވެސް ސުނާމީ އިންޒާރު ދީފައިވެއެވެ.

ކަމްޗަޓްކާ ގަވަރުނަރު ވްލަދިމިރު ސޮލޮޑޮވް ވިދާޅުވި ގޮތުގައި މިއަދުގެ ބިންހެލުމަކީ ވަރަށް ނުރައްކާތެރި އަދި ފާއިތުވި އެތައް އަހަރެއްގައި އައި އެންމެ ވަރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި އެތައް ބަޔަކަށް އަނިޔާވެފައިވާ އިރު، ޖަޕާނުގެ އިރުމަތީއަންގާފައިވެއެވެ.

ރަޝިޔާގެ މީޑިއާތަކުން ހިއްސާކޮށްފައިވާ މަންޒަރުތަކުގައި ސުނާމީ ސައިރަންގެ އަޑު އިވެމުންދަނިކޮށް ކަނޑުގެ ލޮނުގަނޑު އައްސޭރިފަށާ ހަމައަށް އަރަމުންދާ މަންޒަރާއި ރައްޔިތުން އުސް ސަރަހައްދުތަކަށް އަރަމުންދާ މަންޒަރު ފެނެއެވެ. ޖަޕާނުގައިވެސް މިފަދަ ސައިރަންތައް ޖަހައި، ރައްޔިތުންނަށް އުސް ސަރަހައްދުތަކަށް ދިއުމަށް އިރުޝާދު ދެވުނެވެ.

180,000 މީހުން ދިރިއުޅޭ ރަޝިޔާގެ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީ ސިޓީގެ އިރުމަތިން ދެކުނަށް 119 ކިލޯމީޓަރު ދުރުގައި މި ބިންހެލުން އައި އިރު، އޭގެ ފަހުން 6.9 ގެ ވަރުގަދަ އާފްޓަރޝޮކްތަކެއްވެސް ރެކޯޑުކުރެވިފައިވެއެވެ. ނަމަވެސް މި ބިންހެލުމުގައި ލިބުނު އަނިޔާތަކާއި އިންފްރާސްޓްރަކްޗަރަށް ލިބުނު ގެއްލުމުގެ މިންވަރު އަދި ސާފުވެފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *