Tuesday, 28 July 2026

މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލޭގެ ގްރީން ޒޯން ސަރަހައްދުން އުޅަނދުތައް ނެގުމަށް އަންގައިފި

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން މާލޭގެ ގްރީން ޒޯން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފި އެވެ.

ފުލުހުން ވަނީ މާދަމާ އިރުއޮއްސި 6:00 ޖެހުމުގެ ކުރިން އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގާފައިވާ އިރު، އެ ގަޑީގެ ފަހުން އެ ސަރަހައްދުގައި ހުންނަ އުޅަނދުތައް ފުލުހުން ނަގައި، އެ ސަރަހައްދުން ބޭރަށް ބަދަލުކުރާނެ ކަމަށް ބުނެފައެވެ.

ފުލުހުން ހިއްސާކުރި ޗާޓުގައިވާ ގޮތުން، ޕާކިން މަނާ ސަރަހައްދުގެ ތެރޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ހިމެނޭ ގްރީން ޒޯނާއި، ފޮރިން މިނިސްޓްރީ ސަރަހައްދު ހިމެނެއެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް އޮންނަ އުސޫލުގެ ތެރެއިން ޓޯކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އަހަރަކީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 60 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، މިނިވަން ދުވަހުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އަހަރުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *