Tuesday, 28 July 2026

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ދ އަތޮޅާ ހަމައަށް ހެނދުނު 09:30 އިން 15:30 އާ ހަމައަށެވެ.

މެޓް އޮފީހުން މައުލޫމާތު ދެމުން ބުނެފައިވަނީ މި ވަގުތުތަކުގައި އެ ސަރަހައްދަށް 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މިދުވަސްކޮޅު ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ. އަދި މި ދުވަސްތަކުގައި ވައި ބާރުވެ، ކަނޑުތައް ގަދަވެ، ގިނަ ސަރަހައްދުތަކަކަށް ވިއްސާރަވެރި މޫސުމެއް ކުރިމަތިވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ ގިނަ ސަރަހައްދުތަކަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށެވެ. މީގެއިތުރުން ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި، ޚާއްސަކޮށް ކަނޑުއޮޅިތައް ގަދަވެފައި ހުންނާނެ ކަމަށްވެސް އެ އިދާރާއިން ވަނީ އަންގާފައެވެ.

މި ހާލަތާ ގުޅިގެން މެޓް އޮފީހުން ވަނީ ދަތުރުވެރިން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމުގެ މައުލޫމާތު ހޯދުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *