Tuesday, 28 July 2026

ޕޯސްޓްމޯޓަމް ހަދަން އަބްދުއްްރަހުމާންގެ ހަށިގަނޑު އަންނަ ހޯމަދުވަހު އިންޑިއާއަށް ގެންދަނީ

އއ. މާޅޮހުގައި މަރާލި އެރަށު އޯކިޑް މާގެ އަބްދުއްރަހުމާން (65 އަހަރު) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އަބްދުއްރަހުމާނަށް ދިން ވަރުގަދަ ހަމަލާއެއްގައި އޭނާ ނިޔާވިއިރު، އެންމެ ފުރަތަމަ އޭނާގެ ހަށިގަނޑު ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އިބްރާހިމްގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ހުރިއިރު، އިބްރާހިމް މަރުވެފައިވަނީ އެރަށުގެ ސިއްހީ މަަރުކަމަށް ގެންދިޔަ ފަހުންނެވެ.

މި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ހާދިސާ ހިނގި ގޮތާއި މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ފުލުހުން ވަނީ އަބްދުއްރަހުމާންގެ ހަށިގަނޑު ވަގުތުން މާލެ ގެނެސް، ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން އެ ދުވަހު ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *