Tuesday, 28 July 2026
މާލެ ސިޓީ

އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަނީ

މިއަދު ހެނދުނު އިމަޖެންސީގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔަ 43 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 10:10 ހާއިރުއެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމަށްފަހު އެ މީހާ މަރުވެފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންނަމަވެސް އޭނަ ހޮސްޕިޓަލަށް ގެންދަން ޖެހުނު ސަބަބާއި މަރުވި ސަބަބާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *